ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރަނީ ވަކި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމަށް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ، ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ބަޔަކު ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ކުރަނީ އެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލުމަށް ކަމަށެވެ. އަދި އެއީ ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދިދާނެކަމަށް ދެކިގެން މިއަދު ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި އެޅުވީ ބަޔަކު ދޮގު އިލްޒާމެއް ކަމަށެވެ. ސަރުކާރާއި ވާދަވެރި ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ދޮގު ބަދުނާމު އަޅުވައި ވާހަކަ ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިކަން ފާހަގަކުރަށްވައި މިއުވާން ވިދާޅުވީ އެވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެތަޅުމުގައި ދައްކާ ވާހަަކަތަކަށް ލިބިދޭ އިމްތިޔާޒްގެ ހިމާޔަތުގައި، އިމްތިޔާޒްގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައިގެން ކަަމަށެވެ.
އެވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވަނީ މަޖިލީހުން ބޭރުގައި ރައީސަށް ބޮމުގެ ތުހުމަތުކޮށް ވާހަކަ ދައްކައިފިނަމަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިގެން އެމައްސަލަ ބަލާނެ ކަމުގެ އިންޒާރު ދެއްވާފައެެވެ.
މިއުވާން މިހެން ވިދާާޅުވެފައިވާއިރު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރު ހަސަން ލަތީފާއި މަޖިލިސް ނާއިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދު ﷲ ވަނީ ބޮމުގެ ހަމަލާގެ ތުހުމަތު ވަރަށް ފާޅުކަބޮޑު ގޮތެއްގައި ރައީސް ޞާލިހާއި ސަރުކާރަށް ކުރަށްވާފައެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސަތުގައި އިންނަވައިގެން އެވާހަކަތަކަށް ތާއީދު ކުރަށްވައި އެތުހުމަތުތައް ތަކުރާރު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު