އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންގުމާ އެއްގޮތަށް ސިޔާސީ ހަރަކާތް ނުހިންގުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން އެޕާޓީގެ ސަޕޯޓަރުންނަށް އަންގައިފިއެވެ.
އެމްއާރުއެމުން ބުނީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާ އިލެކްޝަންސް ކޮމިޝަނުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ އެންމެހާ މެންބަރުންނަށާއި، ކޮމިޓީތަކާއި، ގުނަވަންތަކާއި، ގޮފިތަކަށް އެމް.އާރް.އެމްގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވަނީ އަންގާފައެވެ.
އެމްއާރުއެމުން މި ބަޔާނުގައި ވެސް ވަނީ އެ ޕާޓީން ޤަބޫލު ކުރާގޮތުގައި އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމާފައި ވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ދައްކަމުންދާ ވާހަކަ ތަކުރާރުކޮށްފައެވެ. އަދި މިކަން ސާބިތުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.
އެމްއާރުއެމް އުވާލާފައިވަނީ މެންބަރުން ހަމަ ނުވެގެން ދެެވަނަ ފަހަރަށް ދިން މުއްދަތު ހަމަވުމާއި ގުޅިގެންނެވެ. ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު