ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެެވެ. އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށައެޅީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގައި ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށެވެ.

ޝާހިދުގެ މައްސަލަ އެޖެންޑާ ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ދިވެހިރާއްޖޭހެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 1101 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން ސޮއިކުރައްވާ، 18 މެއި ގައި ހުށަހަޅާގައިވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 6 ޖޫން ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް އެޖެންޑާ ކުރެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް