ރަައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރެއް މިމަހުގެ 23 ގައި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެފަދަ ގަރާރެއް މަޖިލީހަށް ލިބުމުން އެ ގަރާރުގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، އެ ގަރާރުގެ ނޯޓިސް އަމީން އާންުމު މެންބަރުންނަށާއި، މަޖިލީހުގެ ނައިބު ރައީސަށް ދޭންވާނެކަމަށް މަޖިލީހުން ބަޔާކޮށްފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގައި، އެ ގަރާރު މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަހުގެ ކުރިން އެކަން މަޖިލީހަށް އަންގަން ވާނެ ކަމަށް ބުނެފައި ވެއެވެ.
މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގެ ދަށުން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހެޅިފައިވާ ގަރާރުގެ ނޯޓިސް ވަނީ މެންބަރަށް ފޮނުވާފައެވެ.
މަޖިލީހުން ބުނީ ގަވާއިދު ބަޔާންކުރާ މުއްދަތު ދިނުމަށްފަހު، 11 ޖޫން 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު