ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް “ސިފްކޯ ހިޔާ” ފުލެޓްތަކުގެ ކުއްޔައްވެސް ލުޔެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިސްނަވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެޖުޓަންޓް ޖެނަރަލް ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދާދި ފަހުން ވިދާޅުވިގޮތަށް ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލް ގެނައުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަވާ ކަމަށެވެ. އެގޮތުން ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް “ސިފްކޯ ހިޔާ” ފުލެޓްތަކުގެ ކުއްޔައްވެސް ލުޔެއް ދެއްވުމަށް ވިސްނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ޞާލިހް ސަރުކާރާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސިފައިންނާއި ގުޅުންހުރި އެންމެ މުހިއްމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެވަޑައިގެންނެވީ ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދީ ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަހަށް ގެނެސްދެއްވުން ކަމަށެވެ. ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދޭ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްދެއްވާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް މިވަނީ ޙައްލުކޮށް ދެވިފަ. މިހިސާބުން ސިފައިންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ނިންމާލީކީ ނޫން. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި މިޔަށްވުރެންވެސް ފުން، އަދި މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވުން،" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ބަދަލު އައިސް އެކަމުގެ ފައިދާ ސިފައިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި އެމަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ސިފައިންގެ ވެލްފެއަރގެ ކަންކަން ރަގަޅު ކުރެއްވުމަށް ކޮށްދެއްވާ މަސައްކަތްފުޅު ފާހަގަކުރަށްވައި ހުރިހާ ސިފައިންނާއި އެކަމަނާގެ އަމިއްލަ ނަމުގައި ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސާލިޙަށް ވަރަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު