ދަ ޑިމޮކްރެޓްސްގެ ނަމުގައި އުޅެނީ ހުދުމުހުތާރުކަން ދައްކަމުންދާ ބައެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ކުރެއްވި ބައެއް ސުވާލުތަކަށް ރިޔާސަތުން ޖަވާބު ނުދެއްވުމުން އޭނާ ވަނީ އެކަމާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އެ ސުވާޅުތަކަށް ޖަވާބު ނުދެއްވުމުން ރޮޒައިނާ ވަނީ މަޖިލީޙުގެ ރައީސާއި ނާއިބު ރައީސް ފިޔަވައި ޤަބޫލުކުރެވޭ އުޒުރެއްނެތި އެހެން ބޭފުޅަކު ރިޔާސަތުގައި އިންނަވާ މައްސަލަވެސް ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ރިޔާސަތުން ޤަވާއިދާއި ހިލާފަށް އަމަލުކުރައްވާ ވާހަކަ ރޮޒައިނާ ތަކުރާރުކޮށް ވިދާޅުވާން ފެށުމުން، ވަކި ހިސާބަކުން ރިޔާސަތުން ވަނީ ރޮޒަައިނާގެ މޭޒުކޮޅުގައި ހުންނަ މައިކް ކަނޑާލުމަށްފަހު އެހެން ބޭފުޅަކަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާފައެވެ.

މިކަމާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުން ފެނިގެންދިޔައީ ރިޔާސަތުގައި ތިބެގެން "ދަ ޑިމޮކް-ރެޓްސް" އޭ ކިޔައިގެން އުޅޭ ބައެއްގެ ޚުދުމުޚްތާރުކަން ކަމަށެވެ.



"ރިޔާސަތައް އަރުއްވާއިންނެވީ ގަވައިދާ ޚިލާފަށް. އެވާހަކަ ފާހަގަ ކުރީމަ މައިކު ކަނޑާލީ ގަވައިދާ ޚިލާފަށް. އެކި މީހުންނަށް އެކި ގޮތަށް އަމަލު ކުރާ އުސޫލުން. މި ޑިމޮކްރަސީއަށް ހުތުރެއް." ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރެއިން ވަކިވި މެމްބަރުންނާއި ޕާޓީގައި ތިބި މެމްބަރުންގެ އަރާރުންތަކާއި ދެ ބަސްވުންތައް އެންމެ ބޮޑަށް މިހާރު ފެނިގެންދަނީ މަޖިލީހުގެ ތަޅުމުންނެވެ. އެގޮތުން މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވަމުންދާ ކަންވެސް ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް