އާސަންދަ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

ރޭ ބޭއްވި މި ޖަލްސާގައި އާސަންދަ ކުންފުނީގެ ބޯޑު މެމްބަރުންނާއި މެނޭޖްމަންޓް މެމްބަރުންގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް އަލިމަނިކު އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޑިރެކްޓަރ ހައްވާ ސާއިގާ އަދި މެނޭޖަރ ދީނާ ރާފިއު ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަލްސާ ފައްޓަވައިދެއްވީ އާސަންދަ ކުންފުނީގެ ބޯޑުގެ ޗެއަރމަން ނިޔާޒް މުޙައްމަދެވެ. އެއަށްފަހު، ކޮމްޕެނީ ސެކްރެޓަރީ، މަރިޔަމް ނަޟުމާ ވަނީ ކުންފުނީގެ 2022 ވަނަ އަހަރީ ރިޕޯޓުގެ ޚުލާސާ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވާފައެވެ.

މި ޖަލްސާގައި ވަނީ 2021 ވަނަ އަހަރުގެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ، 2022 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ހިސާބުތައް، 2022 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓް، 2022 ވަނަ އަހަރުގެ ކުންފުނީގެ އަހަރީ ރިޕޯޓް ފާސްކޮށް އަދި 2022 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ޢައްޔަންކުރުމާއި އުޖޫރަ ކަނޑައެޅުމަށް ފާސްކޮށްފައެވެ.

މި ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާޢީލް އައްޒާމް ވަޖީހު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުންފުނީގެ ސްޓެރެޓީޖިކް ޕްލޭނާއި އަމާޒުތަކަށް ޚުލާސާ ގޮތެއްގައި އަލިއަޅުވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް