އެމްޑީޕީން 12 މެމްބަރަކު ވަކިވެގެންދިޔައީ އެ މެމްބަރުން ބޭނުންވާ ވަރަށް ވައްކަން ނުކުރެވިގެންކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރުވަމުންދާއިރު މަސްވެރިކަމުގެ ސިނާއަތަށްވެސް އިންގިލާބީ ކުރިއެރުންތަކެއް ގެނެސްފައިވާކަމަށެވެ.

ޝިފާއު ވިދާޅުވީ މަސްވެރިކަމުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު ރާއްޖޭގައި ރައްކާ ކުރެވޭ މަހުގެ ކެޕޭސިޓީ 1000 މެޓްރިކް ޓަނުން 6000 މެޓްރިކް ޓަނަށް އިތުރުކުރެވިފައިވާކަމަށެވެ. އަދި އެއީ ބޭނުންވާ ވަރަށް ވައްކަން ނުކުރެވިގެން ޕާޓީން ކެނޑިގެންދިޔަ 12 މެމްބަރުންގެ މަސައްކަތެއް ނޫންކަމަށާއި އެއި މިއަދުގެ ރައީސާއި ޕާޓީއަށް އިހުލާސްތެރި މެމްބަރުންގެ މަސައްކަތްކަމަށް ޝިފާއު ވިދާޅުވިއެވެ.

"އެއީ ރައީސް ސާލިހު މަސްވެރިންނަށް ފަހި މުސްތަގްބަލެއް ހޯދައި ދިނުމަށް ރައީސް ސާލިހު ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއް." ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ 12 މެމްބަރުން ޕާޓީން ވަކިވީ މެނިފެސްޓޯ ނުހިންގައިގެނެއް ނޫންކަމަށެވެ. އަދި އެމީހުންަނަކީ މިހާރުވެސް މަޝްރޫއުތަކުގެ އަރިމަތިން އެންމެ ބޮޑު ފައިދާ ލިބޭ މީހުންކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ 12 މެމްބަރުން ޕާޓީން ވަކިވީ އެ ބޭފުޅުން ބޭނުންވާ މިންވަރަށް މަންފާ ހާސިލު ނުކުރެވުނީމާ ޖީބު ފުރާނެ ގޮތެއް ހޯދަންކަމަށެވެ. އަދި އެ 12 މެމްބަރުން ޕާޓީން ވަކިވިޔަސް ޕާޓީ އޮތީ ގަދަކޮށްކަމަށާއި، ވަކި ބައެއްގެ ޖީބު ބޮޑުކުރާކަށް ޕާޓީ ދެމި ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް