ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އަބްދުﷲ ގެންނަން ކުރިން ވެސް ބޭނުންފުޅުނުވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނާއިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެެ. އީވާ ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައަަށް ސޮއިދެއްވީ މެޖޯރިޓީއަށް ތަބާވުމުގެ ގޮތުން ކަމަށް ވިދާޅުވީ އަލީ ނިޔާޒަށް "ޑިމޮކްރަސީ ނޭނގޭތީ" ކަމަށެވެ.
އީވާއަށް ރައްދު ދެއްވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ ގެންނަން ކުރިން ވެސް އޭނާ އެދިވަޑައިނުގެންނަވާ ކަމަށެވެ. އޭގެ ބަދަލުގައި އެދިވަޑަައިގެންނެވީ މަޖިލީހުގެ ރައިސް ކަމަށް އީވާ ވަޑައިގަންނަވަން ކަމަށް ނިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑު އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް. ވަރަށް ގިނަ ސަބަބުތައް އޮތީމަ. އެކަން އީވާއަށް ކިޔާދިނިން. އޭރުވެސް ތަބާވީ ޕާޓީގެ މެޖޯރިޓީއަށް. މި ފަހަރުވެސް އެގޮތަށް،" އަލީ ނިޔާޒު ވިދާޅުވި އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 50 މެމްބަރުންގެ ސޮޔާއެކުއެވެ. އެމައްސަލަ މަޖިލީހަށް މިހާރު ވަނީ ބަލައިގެންފައެވެ. އީވާ މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށައެޅީ އޭނާ އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް ހެދުމަށް މަސައްކަތް ފެއްޓެވުމާއި ގުޅިގެންނެެވެ.

ކިޔުންތެރިންގެ ހިޔާލު