އެމްއާރްއެމް ނެތޭ ހިސާބަށް ދިއުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަންވާ ގޮތާއިމެދު ވަރަށް ވިސްނަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރްއެމް އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެންނެެވެ. އެކަމަށް އިޝާރަތް ކުރަށްވައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖޭގެ ފަހުގެ ތާރީހެއްގައި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ދެ ބޭފުޅުންގެ ބަސް ވިކޭ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތޭ ހިސާބަށް ދިއުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަންވާ ގޮތާއިމެދު ފިކުރުކުރާ މީހުން ވަރަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރުއެމް އުވާލާފައިވަނީ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަ ނުވާތީ އެ އަދަދަށް މެމްބަރުން ހަމަކުރަން ދިން ތިން މަސްދުވަހުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވުމާއި ގުޅިގެންނެެވެ.
އެމްއާރުއެމް އުވާލުމާއި ގުޅޭގޮތުން އިލެކްޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމަށް އެކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ ދަރަންޏެއްވާނަމަ އެކަން އެކޮމިޝަނަށް އެންގުމަށް އިއުލާނުގައި ވަނީ އަންގާފައެވެ.

Raajjeyge fahuge thaareekhgai Siyasee gothun enme funnaabu us
— Imran Abdulla (@ShimranAb) May 24, 2023
Dhebeyfunge bas vikey siyaasee party eh raajeygai netheyhisaabah dhiyumakee Raajjeyge siyaasee masrahu bahtan vaa gothaamedhu fikuru koh dhirasaa kuraa meehun v visnanjehey kameh!
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރުއެމް އުވާލާފައިވަނީ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަ ނުވާތީ އެ އަދަދަށް މެމްބަރުން ހަމަކުރަން ދިން ތިން މަސްދުވަހުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވުމާއި ގުޅިގެންނެެވެ.
އެމްއާރުއެމް އުވާލުމާއި ގުޅޭގޮތުން އިލެކްޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމަށް އެކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ ދަރަންޏެއްވާނަމަ އެކަން އެކޮމިޝަނަށް އެންގުމަށް އިއުލާނުގައި ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު