ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފިކުރެއްގެ ދިރުމުގެ ބޭފުޅުން ތިބީ ރަނގަޅަށް މޮޔަވެފައި، ގޮތް ހުސްވެފައިކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ތަރައްގީ ނުގެނެސް ދޭކަމަށް ބުނިނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިސަރުކާރުން ތަރައްގީ ގެނެސްދިނުމަށް ކުރެއްވި މަސައްކަތާއި ގާތްކުރާ މިންވަރަށްވެސް އެހެން ސަރުކާރަކުން މަސައްކަތެއް ކޮށްފައި ނުވާކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ ސަރުކާރަށް މަސައްކަތެއް ނުކުރެވޭކަން ދައްކަން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައިގެ އިހުލާސްތެރިކަމެއްް ނެތްކަން ރައްޔިތުންނަށް ހާމަވާ ކަމަށެވެ.
"އަޅުގަނޑުމެން އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނަން. ކޮން ސަރުކާރަކުންތޯ މިވަރަށް ރާއްޖެ ތަރައްގީކުރަން މަސައްކަތް ކުރީ. ދަނޑުވެރިކަންވިޔަސް، މަސްވެރިކަންވިޔަސް، އަދި އެހެންކަމަކަށްވިޔަސް.. ކުރިއަށް އޮތްތަނުގައިވެސް މިސަރުކާރުން މަސައްކަތް ކުރާނީ ރާއްޖެ ތަރައްގީކުރަން." ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ 6 މޭގެ ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ސާލިހުގެ އިސްތަށިފުޅުގައި އެކި ތުހުމަތު އަޅުވަމުންދާއިރު އެއީ ހަގީގަތެއް ނޫންކަން ރައްޔިތުންނަށް އެނގޭނެކަމަށެވެ.
ޣަފޫރު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ކޮންމެވެސް ކަހަލަ ގޮތެއް ހުންނަންޖެހޭނެކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅަށް މަސައްކަތްކުރާ ފަރާތައް ތިބީ މޮޔަވެ، ގޮތް ހުސްވެފައިކަމަށް ވެސް ޣަފޫރު ތުހުމަތު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު