ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުމަށް އޮންނަ އަދަދުތަކާއިމެދު އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ސުވާލު އުފައްދަވައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގުޅޭގޮތުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ސުވާލު އުފެއްދެވީ އެ ޕާޓީއަށް މެމްބަރުން ހަމަނުވެގެން ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ ޕާޓީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ޕާޓީން ވިސްނަމުންދާކަމަށެވެ.
ފާރިސް ވިދާޅުވީ އެ ޕާޓީ އުވާލުމަށް އިލެކްޝަނުން ނިންމި ނިންމުމުގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދައި، ޕާޓީ ރުޖޫއަ ނުކޮށްފިނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީއާބެހޭ ގާނޫނުގައި އޮންނަ 3000 މެމްބަރުންގެ ލިމިޓް ނޫނީ 10 ހާސް މެމްބަރުން ހަމަކޮށްގެން މެނުވީ ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ ގޮތަށް އޮންނަ އޮތުމާއި މެދު ވިސްނަންޖެހޭކަމަށެވެ.
"މިހިރަ އާބިޓްރަރީ ފިގާސްތަކަކީ، އަދަދުތަކަކީ ހަގީގަތުގައި ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއްތޯ؟ މިކަމާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެންގެ ތެރޭގައި ބޭފުޅުން އެބަ މަޝްވަރާ ކުރައްވާ އަޅުގަނޑުމެންނަށް ހައި ކޯޓަށް ނަމަވެސް ކޮންމެވެސް ތަނަކަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ގެންދެވިދާނެތޯ ބަލައިލަން،" ފާރިސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމީ ދެ ފަހަރެއްގެ މަތިން ނޯޓިސް ދިނުމަށްފަހު، ޕާޓީއަށް މެމްބަރުން ހަމަނުވުމުންނެވެ.
އެމްއާރުއެމްގެ އިތުރުން އެހެން ބައެއް ޕާޓީތައްވެސް މީގެކުރިން ވަނީ މެމްބަރުން ހަމަނުވެގެން އުވާލާފައެވެ.

"އަޅުގަނޑުމެން ވުޖޫދުގައި ނެތެން އެދޭ ވަރަށް ގިނަ ބަޔަކު. އެއީ އަޅުގަނޑުމެންގެ އަޑު ގަދަވެދާނެތީ ގަންނަ ބިރެއްކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަނީ" pic.twitter.com/wVAJs5SMLC
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) May 24, 2023
ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީއާބެހޭ ގާނޫނުގައި އޮންނަ 3000 މެމްބަރުންގެ ލިމިޓް ނޫނީ 10 ހާސް މެމްބަރުން ހަމަކޮށްގެން މެނުވީ ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ ގޮތަށް އޮންނަ އޮތުމާއި މެދު ވިސްނަންޖެހޭކަމަށެވެ.
"މިހިރަ އާބިޓްރަރީ ފިގާސްތަކަކީ، އަދަދުތަކަކީ ހަގީގަތުގައި ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއްތޯ؟ މިކަމާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެންގެ ތެރޭގައި ބޭފުޅުން އެބަ މަޝްވަރާ ކުރައްވާ އަޅުގަނޑުމެންނަށް ހައި ކޯޓަށް ނަމަވެސް ކޮންމެވެސް ތަނަކަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ގެންދެވިދާނެތޯ ބަލައިލަން،" ފާރިސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމީ ދެ ފަހަރެއްގެ މަތިން ނޯޓިސް ދިނުމަށްފަހު، ޕާޓީއަށް މެމްބަރުން ހަމަނުވުމުންނެވެ.
އެމްއާރުއެމްގެ އިތުރުން އެހެން ބައެއް ޕާޓީތައްވެސް މީގެކުރިން ވަނީ މެމްބަރުން ހަމަނުވެގެން އުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު