މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރުއެމް އުވާލާފައިވަނީ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަ ނުވާތީއެވެ. ޕާޓީ އުވާލި މައްސަލައިގައި އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޣައިރު ޤާނޫނީ، ކޮރަޕްޓް އިޖުރާޢަތެއްގެ ދަށުން ކަމަށެވެ.
މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްއާރުއެމް އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި 3000 މެންބަރުން ހަމަ ނުވުމުން، ނޯޓިސް ފޮނުވާފައި އެ މުއްދަތުގެ ތެރޭގައި މެންބަރުން ހަމަ ނުކުރުމުން ކަމަށެވެ. އަދި އެމްއާރުއެމް އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދުގެ މަތިން ކަމަށާއި، އެކަމާއި މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާނަމަ ކަމާބެހޭ ފަރާތްތަކަށް ދިއުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ.
ހަބީބު ވިދާޅުވީ އެ ޕާޓީއަށް ނޯޓިސް ފޮނުވި މުއްދަތު ހަމަވެފައިވަނީ އިއްޔެ ކަމަށާއި، އެ ޕާޓީއަށް ނޯޓިސް ފޮނުވީ މާޗް މަހުގައި ކަމަށެވެ. ނަމަވެސް މެންބަރުން ހަމަ ކުރަން އެ ޕާޓީން މަސައްކަތް ކޮށްފައި ނުވާއިރު، ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީން އަމިއްލައަށް ވެސް ވަކިވެވަޑައިގެންފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ ގާނޫނުގައި ބުނާ އަދަދު ހަމަ ނުވުމުގެ ސަބަބުން ޕާޓީ އުވާލާކަން އަންގާ ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުން މަނާކޮށްފައިވާނެ ކަމަށެވެ.
އެމްއާރުއެމްގެ 3000 މެންބަރުން ހަމަކުރަން ބޭނުންވަނީ 29 މެންބަރުންނެވެ. ނަމަވެސް ނޯޓިސް ފޮނުވި ފަހުން ދެ ބުރެއްގެ މަތިން ޖުމްލަ 140 ފޯމް ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ސައްހަ ފޯމުގެ އަދަދަކީ 66އެވެ. ނަމަވެސް މި ފަހުން ޕާޓީ ތެރޭގައި ހިނގައިދިޔަ ކަންތައްތަކަކާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ޕާޓީން ވަކިވެފައިވާތީ އެޕާޓީގައި ގާނޫނުގައި ބުނާ އަދަދު މިހާރު ހަމައެއް ނުވެއެވެ.
އެމްއާރުއެމް އުވާލުމާއި ގުޅޭގޮތުން އިލެކްޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމަށް އެކޮމިޝަނުން މިއަދުވަނީ ނިންމާފައި ކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ ދަރަންޏެއްވާނަމަ އެކަން އެކޮމިޝަނަށް އެންގުމަށް އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު