ފ. ބިލެއްދޫއާއި ފ. ނިލަންދޫ ބަނދަރު ތަރައްޤީކުރަން ހަވާލުކޮށްފިއެވެ.
މި ދެ ރަށުގެ ބަނދަރު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ.
ބިލެއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، 100,45 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 900,2 ކިއުބިކް މީޓަރުގެ
ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 258 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއްލުން ހިމެނެއެވެ.
މީގެއިތުރުން 224 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 133 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 977,2 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، 617 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 96.66 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ނިލަންދޫ ބަނދަރު މަޝްރޫޢުގެ ދަށުން، 141,55 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 933,6 ކިއުބިކް މީޓަރުގެ
ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 261 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 75 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 194 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއްވެސް ލާނެއެވެ.
މިއީ 510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

MTCC has signed an agreement with @MoNPHImv towards implementation of F. Nilandhoo Harbor Development Project. CEO @adamazim signed on behalf of MTCC and Ms. Zeeniya Hameed, PS, signed on behalf of Ministry. MP @JeyFour graced the ceremony.
— MTCC Plc (@MTCCPlc) May 24, 2023
Scope of works include, harbor basin… pic.twitter.com/0y3yZNUGbr
ނިލަންދޫ ބަނދަރު މަޝްރޫޢުގެ ދަށުން، 141,55 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 933,6 ކިއުބިކް މީޓަރުގެ
ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 261 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 75 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 194 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއްވެސް ލާނެއެވެ.
މިއީ 510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ހިޔާލު