ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

މި އެއްބަސްވުމަކީ ޑަބަލް ޓެކްސް ނެގުން ހުއްޓުވުމާއި ޓެކްސްއަށް މަކަރު ހެދުން ހުއްޓުވުމަށް ގާއިމްކުރާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މެލޭޝިޔާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އަހުމަދު މަސްލަންއެވެ.



މެލޭޝިޔާގެ ޕާލިމެންޓް އިމާރާތުގައި ބޭއްވި މި ރަސްމިއްޔާތުގައި މީރާގެ ޗެއަރޕަރސަން އަހުމަދު ޝަރުވާސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑަބަލް ޓެކްސްގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިވެގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ. މިއީ ރާއްޖެއިން ސޮއިކުރި ޑަބަލް ޓެކްސޭޝަނާ ގުޅޭގޮތުން ގާއިމްކުރި 3 ވަނަ އެއްބަސްވުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް