ގެއަކަށް ވަދެ ބިރުދައްކާ މާރާމާރީ ހިންގާ ހަމަލާދިން ސަމީންގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ސަމީން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ދިއުމުން އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގައި، މުދަލަށް ގެއްލުން ދީފައިވަނީ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) އެވެ.

މިމަހުގެ 2 ވަނަ ދުވަހު މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ސަމީން ހޯދަން ފުލުހުން ފޮޓޯވެސް އާންމުކުރިއެވެ.

'

ސަމީން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް