ޙުސައިން އިސްމާއިލް   24 މޭ 2023 - 12:50
މެންބަރުން ހަމަ ނުވެގެން ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން ނިންމައިފިއެވެ.

އެމްއާރުއެމް އުވާލަން ނިންމާފައިވަނީ މެންބަރުން ހަމަ ނުވެގެން ދެެވަނަ ފަހަރަށް ދިން މުއްދަތު ހަމަވުމާއި ގުޅިގެންނެވެ. ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑާޓާ ދައްކާ ގޮތުން 21 ފެބުރުވަރީ 2023ގެ ނިޔަލަށް ޕާޓީގައި ތިބީ 2981 މެންބަރުންނެވެ.

ނަމަވެސް މިކަމާއި ގުޅެގޮތުން އިލެކްޝަނުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްއާރުއެމަށް ފުރަތަމަ ނޯޓިސްދިނީ 2022 ގަ އެވެ. ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ތިން މަސް ދިން ޕާޓީތަކުގެ ތެރޭގައި އޭރު އެމްއާރުއެމް ހިމެނުނަސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މެމްބަރުން ހަމަކުރިއެވެ.

އެމްއާރުއެމަށް ދެ ވަނަ ފަހަރަށް ނޯޓިސް ފޮނުވީ ފެބުރުއަރީ 22 ގައެވެ.



ކިޔުންތެރިންގެ ހިޔާލު