ނަޝީދާއި އަދި ނަޝީދަށް ވާގިވެރިވާ ބޭފުޅަކަށް ވެސް މި ރާއްޖޭގެ ރިޔާސަތެއް ނުލިބޭނެ ކަމަށާއި، އެކަމާއި ގާތްވެސް ނުވެވޭނެ ކަމަށް ވިދާޅުވެ، އަވާމެންދުރު ހަނދާން ނައްތާލެއްވުމަށް، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު މަޖިލީހުގެ ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފިއެވެ.
މެންބަރު އިސްމާއިލް ވިދާޅުވީ މިއަދު އިދިކޮޅު ސިޔާސީ ވެރިންނަށް ހަޖަމްނުވެގެން އުޅުއްވަނީ އަދި ކުރިއަށް އޮތް އިންތިހާބާ ހަމައަށް ވެސް ކެތްނުވެގެން އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މި އިންތިހާބު އެއްބުރުން ނަަންގަވާނެތީ ކަމަށެވެ.
"އެެހެންވެ ކެތްނުވެގެން އުޅޭ ސަބަބުތަކެއް މިއުޅެނީ." މެންބަރު އިސްމާއިލް ވިދާޅުވިއެވެ.
މިއަދު ބަހުސް ކުރެއްވި ރައީސް ނަޝީދުގެ މެންބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ މެންބަރު އިސްމާއިލް ވިދާޅުވީ ސިޔާސީގޮތުން ހަލަބޮލިވެގެން އުޅޭ ކޮންމެ ފަހަރަކު ބޮމެއްގެ ވާހަކަ ނަންގަވާ ސެކިއުރިޓީއެއްގެ ވާހަކަ ނަންގަވާނެ ކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް އޮޅިފައި އޮތްކަމެއް ނޫން ކަމަށާއި، ދިވެހި ރާއްޖޭގެ މާލިއްޔަތުން އެކަނި އިންސާނަކަށް 2008 ވަނަ އަހަރުން ފެށިގެން، އެންމެ ބޮޑު ހޭދައެއް ކުރާ އެއް ބޭފުޅަކީ ރައީސް ނަޝީދު ކަމަށް މެންބަރު ވިދާޅުވިއެވެ.
"ދައުލަތުގެ ބަޖެޓުން އެބަ ހޭދަކުރޭ 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ނަޝީދަށްޓަކައި." މެންބަރު އިސްމާއިލް ވިދާޅުވިއެވެ.
މެންބަރުގެ ވާހަކައާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެމަނިކުފާާނަށް އަމާޒުވި ހަމަލާގައި ޖަރުމަނުގައި ހޯއްދެވި ފަރުވާއަށް ހަރަދު ކުރީ ޖަރުމަނު ސަރުކާރުން ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ މި ވާހަކައާއި ގުޅިގެން މެންބަރު އިސްމާއިލް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރައީސް ނަޝީދުގެ ހިމާޔަތާއި، އިނާޔަތާއި ރައްކާތެރިކަމާއި، ރައީސް ނަޝީދުގެ އާއިލާގެ ބެލެހެއްޓުންތެރިކަމާއި ދިރިއުޅޭނެ ގޮތާއި، ކާނެގޮތާއި ބޯނެ ގޮތް ހަމަޖައްސަމުން ދަނީ ދިވެހި ދައުލަތުން ކަމަށެވެ. ދިވެހި އެންމެ ދަރިއަކަށް ނުކުރާ ހޭދަ އަދި އަތޮޅަކަށް ނުކުރާ ހޭދަ އަންނަނީ ރައީސް ނަޝީދަށް ކުރަމުން ކަމަށާއި، މިއަދުވެސް ކެތް ނުވެގެން އުޅުއްވަނީ ރާއްޖޭގެ ވެރިކަމަށް ފެންބޮވައިގަނެގެން، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަވަން ކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ފަހަރެއްގައި ވެސް ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ނުޖެހޭނޭ ނުދަންނަވާ ކަމަށެވެ.
"އެކަމަކު މަނިކުފާނުގެ ބޭބޭފުޅުން ރައްކާތެރިކަމާއި ހިމާޔަތާއި މި ކަންކަން ނުކުރާ ވާހަކަ ތަކުރާރުކޮށް ދައްކާ ހާއްސަކޮށް ހަލަބޮލިވާ ކޮންމެ ވަގުތެއްގައި ބޮމެއް، ރައްކާތެރިކަމޭ ގަރާރޭ ބޭގަރާރޭ އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާ ކަންކަމެއް ނޫން." މެންބަރު އިސްމާއިލް ވިދާޅުވިއެވެ.
ގަރާރާއި ގުޅޭގޮތުން މެންބަރު ވިދާޅުވީ ދަނޑުވެރިކަމުގެ ގަރާރު ހުށަހެޅުމުން، ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުން ބޮމުގެ ވާހަކަ ދެއްކީމާ އިންނެވީ އަޑުއަހަން ކަަމަށެވެ. ނަމަވެސް އެހެން މީހަކު ވާހަކައެއް ދައްކަން ފެއްޓުމުން، އެބޭފުޅުންނަށް ހަމަޖެހިވަޑައިގެން ނުތިއްބެވެނީ ސިޔާސީ ގޮތުން ނުތަނަވަސްކަމެއްގެ ތެރޭގައި ތިއްބެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ގަބޫލުކުރައްވާ މަނިކުފާނަށް އަދި މަނިކުފާނަށް ވާގި އެދޭ ބޭފުޅަކަށް ވެސް މި ރާއްޖޭގެ ރިޔާސަތެއް ނުލިބޭނެ. ގާތްވެސް ނުވެވޭނެ. މަނިކުފާނުގެ އަވާމެންދުރު ހަނދާން ނައްތާލައްވާ،" މެންބަރު އިސްމާއިލް ވިދާޅުވިއެވެ.
މި ރާއްޖެ އަމާން މިސްރާބަކަށް ގެންދާނެކަން ރާއްޖޭގެ ރައްޔިތުން ހިސާބުން ދައްކަމުންދާ ކަމަށާއި، އެންމެ ފަހުން ބޭއްވި އިންތިހާބުގައި ރައީސް ނަޝީދު ބަލިވީ ބޮޑު ތަފާތަކުން ރައްޔިތުންގެ ވޯޓުން ކަމަށް މެންބަރު އިސްމާއިލް ވިދާޅުވިއެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރާގުޅޭ ގޮތުން މެންބަރު އިސްމާއިލް ވިދާޅުވީ، ތޮއްޑޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ގަރާރަކީ މި ފަހަކަށް އައިސް މި މަޖިލީހަށް ގެއްލުނު އެތީގެ ބޮޑުކަމުން ވަކި ފެކްޝަނަކުން ހުށަހަޅަމުންދާ ބޭގަރާރުތަކުގެ ތެރެއިން އެއް ގަރާރު ކަމަށެވެ.
މިއަދުގެ ސަރުކާރުން އިންޑަސްޓްރީތަކަށް އަޅާލާ މިންވަރަށް، މިއިން ދުވަހަކުވެސް އެއްވެސް ސަރުކާރަކުން އަޅާނުލާކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ކަމަށް މެންބަރު އިސްމާއިލް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ދައުރުގައި ފަޅުރަށްތައް ބައްސަވަމުން، ރައްޓެހިންނަށް ޕްރޮޖެކްޓްތައް ދެއްވަމުންދިޔަ އުސޫލުން މިއަދު ހިލޭ ސާބަހަށް އެކަން ކުރަމުން ނުދާ ދިއުމަކީ، އެއީ ސަބްސިޑީ ނުދިނުންކަމަށް ދެކުމަކީ ގޯހެއް ކަމަށް މެންބަރު އިސްމާއިލް ވިދާޅުވިއެވެ.
"މިއަދު ދަނޑުވެރިކަމަށް އެތެރެކުރާ 190 އައިޓަމަކުން ޑިއުޓީ މާފްކޮށްދީ، އަދި ދަނޑުވެރިކަމަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ލޯނުގެ ފުރުސަތު އެވަނީ ފަހިކޮށްދީފައި. މިއަދުގެ ސަރުކާރަކީ އޯގާތެރި ސަރުކާރެއް. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ވިސްނުންތެރި، ހިތްތިރި، ހިކުމަތްތެރި، އޯގާތެރި ރައީސެއް. މިއަދު މުޅި ދިވެހި ރާއްޖެ އެކަން ބަލައިގެން އެކަމަށް އެދަނީ މަރުހަބާ ކިޔަމުން." ދުވާފަރު ދާއިރާގެ މެންވަރު އިސްމާއިލް އަހުމަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު