ރައްޔިތުންެގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދަކީ އެއްވެސް އިރެއްގައި ޑިމޮކްރަސީގެ ހަމަ ގަބޫލުކުރި މީހެއް ނޫންކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކި ނުކުރެވޭނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

މޫކޭ ވިދާޅުވީ މަގާމާއި ޝާނާއި ޝައުކަތު ބޭނުންވާ މީހުން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ރައީސް ނަޝީދަކީ އެއްވެސް އިރެއްގައި ޑިމޮކްރަޓިކް ހަމަ ގަބޫލުކުރާ މީހެއް ނޫންކަމަށްވެސް މޫކޭ ވިދާޅުވިއެވެ.

"މަގާމާއި ވެގެން ޝާނާއި ޝައުކަތު ބޭނުންވާ މީހުން މިއޮށް ފެނިގެން ދަނީ. އެއްވެސް އިރެއްގައި ޑިމޮކްރަޓިކް ހަމައެއް ގަބޫލުކުރާ މީހެއް ނޫން." ނަޝީދަށް އިޝާރަތް ކުރަށްވައި މޫކޭ ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް އެހެން މެމްބަރުންނާއި ދެމެދު ވަނީ ހޫނު ޒުވާބުތަކެއް ހިނގާފައެވެ. އެ ޒުވާބުގެ ތެެރެއިން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އީވާއަށްފަހު ރައީސް ނަޝީދުވެސް މަޤާމުން ވަކިކުރަން ގޮވާލާފައެވެ.

ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ވަތްކެއް ނުކުރެވޭނޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު