ތައުލީމީ ދާއިރާއިން އަންހެނުން ކުރިއަށްދިއުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްކަމަށް ކުރީގެ ޔޫތު މިނިސްްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރގެ މަގާމުގައި ހުންނެވި އިރުތިޝާމް ވިދާޅުވީ އަންހެނުންނަށް ޔުނިވަސިޓީތަކުން މަތީ ތައުލީމް ހާސިލުކުރުމަށް އެންމެ ބޮޑަށް އިންވެސްޓްކުރައްވާފައި ވަނީ އޮނަރަބަލް ގާސިމް އިބްރާހިމް ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ޒުވާން ލީޑަރުން ބިނާކުރުމަށް އަދި އަންހެނުންނަށް މަތީ މަގާމުތައް ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ބޭފުޅަކީވެސް ގާސިމް އިބްރާހިމްކަމަށެވެ.



ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ވަރުގަދަ ކެމްޕެއިނެއް ކުރަމުންދާއިރު އެކަމުގައި ކަނބަލުންގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ. އަދި ޕާޓީގެ އިސް މަގާމުތަކުގައިވެސް އަންހެނުންގެ ދައުރު ވަރަށްވެސް ބޮޑެވެ.

ޖުމްހޫރީ ޕާޓީން މިހާރު ތައްޔާރުވަމުންދަނީ އަންނަމަހުގެ އެއްވަނަ ދުވަހު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޓިކެޓް އެރުވުމުގެ ރަސްމިއްޔާތަށާއި، ޕާޓީގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ މަސައްކަތަށެވެ.



ކިޔުންތެރިންގެ ހިޔާލު