ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ވަތްކެއް ނުކުރެވޭނެކަމަށް އެމއޑީޕީވެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އެމަނިކުފާނު ވަކިކުރަން މަޖިލީހުގެ މެމްބަރުންތަކެއް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
މިއަދު އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް އެހެން މެމްބަރުންނާއި ދެމެދު ވަނީ ހޫނު ޒުވާބުތަކެއް ހިނގާފައެވެ. އެ ޒުވާބު ފެށިގެން އައީ މަޖިލީހުގެ ނާއިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރުމާއި ގުޅޭގޮތުން ހުށަހެޅި މައްސަލައާ ގުޅިގެނެވެ.
ނަޝީދު ވިދާޅުވީ އީވާގެ މައްސަލައަކީ މަޖިލީހުގެ ބައެއް މެމްބަރުން ރައީސް ސާލިހަށް ބިރު ދައްކައިގެން ހިންގާ ކަމެއްކަމަަށެވެ. ނަޝީދުގެ އެ ވާހަކަތަކަށް އަލީ ނިޔާ ރައްދު ދެއްވުމުން، ނަޝީދު ވަނީ އިތުރަށް ކޯފާ އިސްކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
ވަޓްސްއެޕް ގްރޫޕްގައި ހިނގި ޒުވާބުގެ ތެެރެއިން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އީވާއަށްފަހު ރައީސް ނަޝީދުވެސް މަޤާމުން ވަކިކުރަން ގޮވާލާފައެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ވަތްކެއް ނުކުރެވޭނޭކަމަށެވެ.
"ބިގޭ، ނިޔާ، އަސްލަމް ވަރަށް ވިސްނަވާތި. އަޅުގަނޑު ވަކި ނުކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެމެދު އުފެދުނު ހިޔާލު ތަފާތުުވުންތައް ބޮޑުވެ، ނަޝީދަށް ތާއީދުކުރާ ބަޔަކު މިހާރު ވަނީ ޕާޓީންވެސް ވަކިވެފައެވެ. އަދި ޕާޓީން ވަކިވި މެމްބަރުން މިހާރު ދަނީ އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.
ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދާ އެޕާޓީން ރިޔާސީ އިންތިހާބަށް ނިކުންނާނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ. ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީއާއި ރައީސް ޞާލިހާއި ދެކޮޅަށް ނުކުމެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު