މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)ގެ އިސް ވެރިން ހިމެނޭ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.
މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)ގެ މެންބަރުން ރާއްޖެއަށް ކުރަށްވާ މިދަތުރުގައި، އެމް.އޭ.ސީ.ސީ އާއި އޭސީސީގެ އިސްވެރިންގެ މެދުގައި މިއަދު ވަނީ ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މާގިރި ހޮޓެލްގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، ދެ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުގެ މަޢުލޫމާތާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޖުރިބާ އަދި ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމާމެދު މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ދެއްކެވި ވާހަކައިގައި މިދިޔަ އަހަރު މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވުނު ކަމަށާއި، އެ ފަހުމުނާމާގެ ދަށުން އެމްއޭސީސީ ފަދަ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ގިނަ ދުވަސްވީ މުއައްސަސާއަކާއެކު މަސައްކަތްކޮށް ތަޖުރިބާ ލިބިގެންދާކަމީ އޭސީސީއަށް ލިބިގެންދާ ކުރިއެރުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެފަރާތް ގުޅިގެން ކުރެވޭ މަސައްކަތުގައި މިހާރުވެސް ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި އެމްއޭސީސީގެ ވަފުދުގައި އިސްކޮށް ވަޑައިގެންނެވި، އެމް.އޭ.ސީ.ސީގެ އިންޓެލިޖެންސް ޔުނިޓުގެ ޑެޕިއުޓީ ޑައިރެކްޓަރ ގަލަން ދެއްކެވި ވާހަކަފުޅުގައި އޭސީސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި އެމްއޭސީސީން ފަންނީ ގޮތުން ތަފާތު އެހީތަށް ދެވިދާނެކަން ފާހަގަކުރައްވައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.
އޭސީސީގެ ދައުވަތަކަށް މިމަހުގެ 22 އިން 26 އަށް މެލޭޝިޔާގެ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ވަފުދުން ކުރަމުންގެންދާ ޒިޔާރަތުގެ ތެރެއިން އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ޓްރެއިނިންގ އެއް މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެމްއޭސީސީގެ ތަޖުރިބާކާރު ބޭފުޅުން ނަންގަވައިދެއްވާ އެ ޓްރެއިނިންގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރައްވާ އެކި އިދާރާތަކުގެ މުވައްޒަފުން ބައިވެރިވާނެއެވެ.

މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)ގެ އިސް ވެރިން ހިމެނޭ ވަފުދެއް ރާއްޖެ ވަޑައިގެންފި.
— ACC-MALDIVES (@ACC_Maldives) May 23, 2023
އިތުރު ތަފްސީލް: https://t.co/jzZZ3LsF5Z pic.twitter.com/MsVAU8bI75
މި ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ދެއްކެވި ވާހަކައިގައި މިދިޔަ އަހަރު މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވުނު ކަމަށާއި، އެ ފަހުމުނާމާގެ ދަށުން އެމްއޭސީސީ ފަދަ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ގިނަ ދުވަސްވީ މުއައްސަސާއަކާއެކު މަސައްކަތްކޮށް ތަޖުރިބާ ލިބިގެންދާކަމީ އޭސީސީއަށް ލިބިގެންދާ ކުރިއެރުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެފަރާތް ގުޅިގެން ކުރެވޭ މަސައްކަތުގައި މިހާރުވެސް ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި އެމްއޭސީސީގެ ވަފުދުގައި އިސްކޮށް ވަޑައިގެންނެވި، އެމް.އޭ.ސީ.ސީގެ އިންޓެލިޖެންސް ޔުނިޓުގެ ޑެޕިއުޓީ ޑައިރެކްޓަރ ގަލަން ދެއްކެވި ވާހަކަފުޅުގައި އޭސީސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި އެމްއޭސީސީން ފަންނީ ގޮތުން ތަފާތު އެހީތަށް ދެވިދާނެކަން ފާހަގަކުރައްވައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.
އޭސީސީގެ ދައުވަތަކަށް މިމަހުގެ 22 އިން 26 އަށް މެލޭޝިޔާގެ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ވަފުދުން ކުރަމުންގެންދާ ޒިޔާރަތުގެ ތެރެއިން އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ޓްރެއިނިންގ އެއް މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެމްއޭސީސީގެ ތަޖުރިބާކާރު ބޭފުޅުން ނަންގަވައިދެއްވާ އެ ޓްރެއިނިންގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރައްވާ އެކި އިދާރާތަކުގެ މުވައްޒަފުން ބައިވެރިވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު