ރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި ބާ ކައުންސިލުން ރައުޔެއް ނެރެވޭނެކަމާމެދު ސުވާލު އުފައްދައިފިއެވެ.
މިކަމާއި މެދު ސުވާލު އުފައްދާފައިވަނީ ކުރީގެ 3 ބަންޑާރަ ނާއިބުންކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރުގެ އިތުރުން ދިޔާނާ ސައީދެވެ. މިބޭފުޅުންނަކީ ޗާގޯސް މައްސަލައިގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅުންނެވެ.
ޗާގޯސް މައްސަލައިގައި ބާ ކައުންސިލުން ދެކޭ ގޮތް ހާމަކޮށް ރައުޔެއް ނެރެން އަންނަނީ ދިރާސާކުރަމުންނެވެ.
އެކަމާއި ގުޅިގެން ކުރީގެ 3 ބަންޑާރަ ނައިބުން ވަނީ ބާ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ. އެ ބޭފުޅުން ފޮނުއްވި ސިޓީގައި ބުނީ ޗާގޯސް މައްސަލައިގައި ވަކާލާތުކޮށް، އެމައްސަލައިގައި ސަރުކާރު ދިފާއުކުރާ ބަންޑާރަ ނާއިބަކީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރެއްކަމަށެވެ. އެހެންކަމުން ބަންޑާރަ ނާއިބު އެގްޒެކެޓިވް ކޮމެޓީގެ މެމްބަރަކަށް ވާއިރު އިމުގެ މައްސަލާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ބާ ކައުންސިލުން އެ މައްސަލާގައި ރައުޔެއް ނެރުން މަސްލަހަތު ފުށުއަރާ ކަމަށް އެ ސިޓީގައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ވަކީލުންގެ ވިސްނުން ހާމަވާނެ ގޮތަކަށް ބާ ކައުންސިލަށް ރައުޔު ނެރެވޭނެ ކަމާމެދުވެސް އެ ސިޓީގައި ސުވާލު އުފައްދާފައިވެއެވެ. އަދި މިކަންކަމުގެ ތެރެއަށް ވަކީލުން ވަދެ ސިޔާސީ ކޮށްގެން ނުވާނެކަމަށްވެސް އެ ސިޓީގައިވެއެވެ. އެހެންކަމުން އެ މައްސަލައިގައި ބާ ކައުންސިލުން ރައުޔު ނެރުމުގެ ވިސްނުން ދޫކޮށްލުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
ޗާގޯސް މައްސަލައިގައި ބާ ކައުންސިލުން ބުނެފައިވަނީ އެ މައްސަލަ އެ ކައުންސިލަށް އާއްމު މެމްބަރަކު ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން އެ ކަމުގައި ބާ ކައުންސިލުން ދެކޭގޮތް ހާމަކުރުމަކީ ޤާނޫނުން ލާޒިމްކުރާކަމަކަށްވާތީ އެކަމާއިމެދު ދިރާސާކޮށް ރައުޔެއް ނެރޭނެކަމަށެވެ.
ޗާގޯސް މައްސަލައިގައި ބާ ކައުންސިލުން ރައުޔެއް ނެރުމަކީ އެކަން ސިޔާސި ކުރުން ކަމަށް ކުރީގެ ތިން ބަންޑާރަ ނައިބުން ސިފަކުރަށްވާއިރު މިމައްސަ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނީ އެބޭފުޅުންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު