ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން އެކްސިޑެންޓްވެ، އަނިޔާތަކެއް ލިބިއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު މެމްބަރު ސައުދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި މަގުމަތީގައެވެ.
މި އެކްސިޑެންޓް ހިނގީ ބްރިޖް ހައިވޭ މަތީގައި ސައިކަލްގައި ސައުދު ވަޑައިގަންނަވަނިކޮށް، ކުރިމަތީގައި އޮތް ޕިކަޕް ކުއްލިއަކަށް ހުއްޓުމުން ޕިކަޕްގައި ޖެހިފައެވެ.
ހެލްމެޓް އަޅުއްވައިގެން އިންނެވުމުން ސައުދުގެ ބޮލަށް މާބޮޑު އަނިޔާތަކެއް ނުލިބުނު ނަމަވެސް ވާއަތުގެ ކުޑަހުޅާއި، ކޮނޑުހުޅު އަދި ކަކުލުހުޅުގެ މަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސައުދު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު