3 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތްތައް އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްުޔާތެއްގައެވެ. މިގޮތުން ހަވާލުކޮށްފައިވަނީ ދޮންފަނު، ކުމުންދޫ އަދި އިނގުރައިދޫ ދަނޑުގެ މަސައްކަތްތަކެވެ.

އެގޮތުން މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ އާރް.ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ،



ސަރުކާރުން ދަނީ ރަށްރަށުގައި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކަމާއި ގުޅޭ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ފުޓްބޯޅަ ދަނޑުގެ އިތުރުން، އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކާއި އައުޓް ޑޯ އެކިއެކި ކުޅިވަރުތަކަށް ހާއްސަ ވަސީލަތްތައް ވެސް ދަނީ ތަރައްޤީކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު