ނ. މަނަދޫ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެލްއެމްއެސް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާއެކެވެ.

މި މަސައްކަތް ހަވާލުކޮށްފަިއވަނީ 4.6 މިލިޔަން ރުފިޔާއަށެވެ. އަދި 150 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ.



ސަރުކާރުން ވަނީ މަނަދޫ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެހޮސްޕިޓަލުގެ އޯޕީޑީ ބޮޑުކޮށްފައެވެ. އެގޮތުން 6 ކޮޓަރިއާއި ލެބޯޓަރީއެއް ވަނީ އިމާރާތްކޮށްފައެވެ.

ސަރުކާރުން ވަނީ އެ ރަށުގައި އައު ހޮސްޕިޓަލެއް ޤާއިމްކުރުމަށް 17 މިލިއަން ރުފިޔާ ބަޖެޓްކޮށްފައެވެ. އަދި އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު