ވޯޓާސް ލިސްޓުގައި މަރުވެފައިވާ މީހުންގެ ނަން ހިމެނޭތީ ހުށަހަޅާފައިވާ ޝަކުވާތައް ގިނަކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި އަންނަމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މީޑިއާއަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް 27 ޝަކުވާއެއް ލިސްޓަށް ލިބިފައިވާކަމަށެވެ. އަދި އޭގެތެރޭގައި ގިނައީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމަނާފައި އޮވެގެން ހުށަހަޅާފައިވާ ޝަކުވާކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
އެގޮތުން މަރުވެފައިވާ މީހުން ވޯޓާރސް ލިސްޓުގައި ހިމެނޭތީ 21 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ކޮޮމިޝަނުން ބުނެއެވެ. މީގެއިތުރުން 18 އަހަރު ނުފުރޭ ކުއްޖެއްގެ ނަން ހިމެނޭ ޝަކުވާއެއްގެ އިތުރުން ލިސްޓުގައި ނަން ނެތުމުގެ 3 ޝަކުވާއެއްވެސް ހުށަހެޅިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ލިސްޓުގައި 282755 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ. ލިސްޓުގައިވާ ގޮތުން މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި 282755 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އެންމެފަހުން ބޭއްވި އިންތިހާބުގައި ވޯޓްލުމުވެ ހައްގުލިބިފައި ވަނީ 262135 މީހުންނަށެވެ. އެހެންކަމުން މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު