ހުޅުމާލޭގައި އިއްޔެ ފުލުހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ހުޅުމާލޭގައި ރޭ ހިނގި މި ހާދިސާގައި ފުލުސް މީހާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.
ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 33 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް، 42 އަހަރުގެ މީހާއާއި 44 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކުރަމުންދާ ކަމަށެވެ.
މިމާރާމާރީގެ ވީޑިއޯ ފުޓޭޖް ބެއްލެވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވަނީ ހަމަލާދިން މީހުންގެ ކިބައިން ސަލާމަތްވުމަށް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓް ދެއްކި ހިތްވަރާއި ސާބިތުކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި މިކަމުގައި ބައިވެރިވި މީހުން ހައްޔަރުކުރުމުގައި ހުޅުމާލޭގެ ފުލުހުން ކުރި އަވަސް މަސައްކަތަށްވެސް ސީޕީ ތައުރީފު ކުރަށްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު