ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިިލި މީހާ ހަރުގެއެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށް ހޯދައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށް ދާންދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުރިމީހެއް ފިލާފައިވާ ކަމަށެވެ.
އޭނާ ފިލާފައިވަނީ ރޭ ދަންވަރު 12:57 ހާއިރުއެވެ. ފިލައިގެން ދިޔައީ ހަސަން ޞޯބިރު ނަކަމަށް ކިޔާ މީހެކެވެ.
"ރަސް އޮންލަސިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފިލައިގެނަ އުޅުނީ އެރަށުގެ، ދޯނި ބަންނަ ސަރަހައްދުގައި ހުރި ހަރުގެއެއްގެ ތެރޭގައެވެ. އޭނާ ފިލައިގެން އުޅެނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައި އޭނާ ހޯދާ ފުލުހުންގެ ބެލުުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މިމަހުގެ 5 ވަނަ ދުވަހު ވެސް ވަނީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލާފައެވެ. އެއީ އުމުރުން 25 އަހަރުގެ ދިވެއްސެކެވެ. ނަމަވެސް ފަހުން ފުލުހުންވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު