ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާލެ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހާއިއެކު ހުންނެވިކަން ހާމަކުރަށްވައި މީކާއިލް މިހެން ވިދާޅުވީ، އެމްޑީޕީގެ ތެރެއިން ބަޔަކު ވަކިވެ، އައު ޕާޓީއެއް ހަދަން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި އިތުރު މަޖިލިސް މެންބަރު އެ ޕާޓީއާއި ގުޅެން އުޅޭ ކަމަށް ބުނެ ވާހަކަ ދެކެވެމުން ދަނިކޮށެވެ.
އެމްޑީޕީއާއެކު ހުންނެވިކަން ހާމަކުރައްވަމުން މީކާއީލް ވިދާޅުވީ މާލޭ ދާއިރާއެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މާލޭ މީހުންނަށް ރައީސް ވައުދުވެވަޑައިގެންނެވި އަދަދަށްވުރެވެސް އިތުރަށް، ވަރަށް އަވަހަށް ގޯތި ލިބިގެންދާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"އޭރުވެސް، މިހާރުވެސް، އަބަދުވެސް ތިލަފަތަށް." މީކާއީލް ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވާފައެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވެއެވެ.
މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ހައުސިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.
ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށެވެ.

މާލޭ ދާއިރާއެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މާލޭ މީހުންނަށް ރައީސް ވައުދުވެވަޑައިގެންނެވި އަދަދަށްވުރެވެސް އިތުރަށް، ދާދި އަވަހަށް ގޯތި ލިބިގެންދާނެކަމުގެ ޔަގީންކަން.
— Meekail Naseem 🎈 (@MickailNaseem) May 21, 2023
އޭރުވެސް، މިހާރުވެސް، އަބަދުވެސް ތިލަފަތަށް 💪🏾 pic.twitter.com/v4j0okHUmz
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވާފައެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވެއެވެ.
މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ހައުސިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.
ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު