ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުބާރުނެތްކަމަށް ފާސްކުރަން އުޅެނީ ވޯޓުން ބަލިނުކުރެވޭނެތީކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ އެކަމަށް އިޝާރަތް ކުރަށްވައެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ވިދާޅުވީ ރިޔާސީ އިންތިހާބަށް އޮތީ ވަރަށް މަދު ދުވަސްކޮޅެއްކަމަށެވެ. އެހެންކަމުން އިންތިހާބުގެ ކުރިން ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހަށް ވައްދާނީ ވޯޓުން ކާމިޔާބު ނުކުރެވޭނެކަން ޔަގީންވުމުންކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންނެވެ. އެގޮތުން ބައެއް މެމްބަރުން އެ މައްސަލަ ވެއްދުމަށް ސޮއިކޮށްފައިވާކަމަށްވެސް އިދިކޮޅު މެމްބަރުން ބުނެއެވެ.
ރައީސްގެ އިތުރުން ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ މިހާރު ވައްދާފައެވެ.
އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޞާލިހުގެ ފުރިހަމަ ކޮންޓްރޯލުގައެވެ. އެހެންކަމުން ސަރުކާރުން ބުނަނީ އިދިކޮޅުގެ މިމަސައްކަތަށް މާބޮޑު ކާމިޔާބީއެއް ނުލިބޭނެކަމަށެވެ.

Riyaasee inthihaabge vote ah 100 dhuvahah vefa ovvaa RSolihge ithubaaru neii massala majleehah vehdhumah idhikolhun soii hoadhaanee votun bali nukureveyne kamuge yageen kan otheema. #Ibu2023 #Heyoverikan
— Ikram Hassan MP (@ikramhassan) May 21, 2023
އިދިކޮޅު ފަރާތްތަކުން ދަނީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންނެވެ. އެގޮތުން ބައެއް މެމްބަރުން އެ މައްސަލަ ވެއްދުމަށް ސޮއިކޮށްފައިވާކަމަށްވެސް އިދިކޮޅު މެމްބަރުން ބުނެއެވެ.
ރައީސްގެ އިތުރުން ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ މިހާރު ވައްދާފައެވެ.
އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޞާލިހުގެ ފުރިހަމަ ކޮންޓްރޯލުގައެވެ. އެހެންކަމުން ސަރުކާރުން ބުނަނީ އިދިކޮޅުގެ މިމަސައްކަތަށް މާބޮޑު ކާމިޔާބީއެއް ނުލިބޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު