ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) 1.1 މިލިއަން ރުފިޔާގެ އެހީ އެއް ވެދެއްވައިފިއެވެ.

ހޯރަފުށީ ކައުންސިލުން ހިންގާ ޕްރީ ސްކޫލަށް، އުއްޗު ހަދިޔާކުރެއްވި މި އެހީ ހަވާލުކޮށްދެއްވީ އޭނާގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާ އެވެ. އެ އެހީއާ ހަވާލުވެވަޑައިގެންފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.

އުއްޗު ވަނީ އެ ޕްރީ ސުކޫލަށް 1،171،558ރ. ގެ އެހީ އެެއް ދެއްވާފައެވެ. އޭގެ ތެރެއިން ބައެއް މާލީ އެހީގެ ގޮތުގައި އުއްޗު ދެއްވާފައިވާއިރު އަދި އަނެއް ބައި ދެއްވާފައިވަނީ ތަކެތީގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ސާމާނާއި ކުދިން ކުޅޭނެ ޕްލޭ ގްރައުންޑަށް ބޭނުންވާނެ ތަކެއްޗެވެ.

ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލްގެ ނަން ދީފައިވާ އެ ސްކޫލުގައި އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފަށާގޮތަށް ވަނީ ހަމަޖައްސާފައެވެ. ޕްރީ ސުކޫލުގެ ކޮންމެ ކްލާހެއްގައި 20 ކުދިންނަށް ކިޔަވައިދޭ ގޮތަށް ތިން ކްލާސްރޫމު ހިމެނެއެެވެ.



ކިޔުންތެރިންގެ ހިޔާލު