ރައީސްކަން ކުރެއްވި ބޭފުޅުންގެ ކުދި ޕާޓީތައް އުފައްދަން ސޮއިކުރި އެކަކު ނިޔާވިއަސް އެޕާޓީއެއް އުވޭނެ ކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ ރައީސް ނަޝީދު އިސްވެ ހުންނަވާ މިއަދު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެންނެވެ. އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކުދި ގިނަ ޕާޓީތައް ހުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ނިޒާރު ވިދާޅުވީ އެމެރިކާގައި ވެސް އެފަދަ 420 ސިޔާސީ ޕާޓީ އޮންނަ ކަމަށާއި، ރާއްޖޭގައި ވެސް ކަން އޮތީ އެގޮތަށް ކަމަށެވެ.



އަދި ރައީސްކަން ކުރެއްވި ބޭފުޅުންގެ ކުދި ޕާޓީތައް 3000 ގައި ހިފަހައްޓަނީ އެ ޕާޓީ އުފައްދަން ސޮއިކުރި އެންމެން ދުނިޔޭގައި ތިބީތީ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެކަކު ނިޔާވިއަސް ޕާޓީ އުވޭނެ." ނިޒާރު ވިދާޅުވިއެވެ.

ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިވަގުތު އަމިއްލަފުޅު ސިޔާސީ ޕާޓީއެއް ހިންގަވަނީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އެކަންޏެވެ. ބައި ދައުރެއްހާ ދުވަހު ވެރިކަން ކުރެއްވި ޑރ. މުހައްމަދު ވަހީދުގެ ޕާޓީ އެމަނިމުފާނުގެ ވެރިކަން ނިމުމާއެކު މާގިނަ ދުވަސްތަކެއްނުވެ އުވިއްޖެއެވެ.

ރައީސް މައުމޫނުގެ އެމްއާރްއެމް ޕާޓީގައި 3000 މެންބަރުން ހަމަވަނީ ހަމަކިރިޔާއެވެ. ގާނޫނީ އަދަދަށް މެންބަރުން ހަމަނުވެގެން ދެފަހަރެއްގެ މަތީން އުވާލަންވެސް ވަނީ ނޯޓިސް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު