ގދ. ތިނަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ތިނަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއް މިއަދު 13:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހަމަލާގައި އަނިޔާވި މީހާއަށް ތިނަދޫގައި ހުންނަަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު