ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބުކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

,

ސައުދު މިހެން ވިދާޅުވީ ރައީސް ސާލިހާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ސައުދު ވިދާޅުވީ ރައީސާއެކު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންތައްތަކަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ. އަދި ރައީސް އޭނާއަށް ދެއްވި ވަގުތަށް ސައުދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސައުދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސާލިހަށް ކާމިޔާބުކޮށްދެއްވުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.



އެމްޑީޕީން ރިޔާސީ އިންތިހާބަށް ތާއީދު އިތުރުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ވަނީ ކެމްޕެއިން ދަތުރެއްވެސް ފަށާފައެވެ.

އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށަކަށް ފަށާފައިވާ ކެމްޕެއިން ދަތުރުގައި ޕާޓީއަށް މީހުން އިތުރުކުރުމަށް ފޯމް ފުރުމާއެކު ކެމްޕެއިން ބަައްދަލުވުންތައްވެސް ދަނީ ބާއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު