ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގަތް ސަބަބުން އޮޅުންފިލުވައިދީފިއެެވެ.
ރައީސް މައުމޫން މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ މިނިސްޓަރ އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ހަބަރު ފަތުރާފައެވެ.
މައުމޫންގެ އަރިސް އެމްއާރުއެމްގެ އިސް ބޭފުޅެއްކަމަށްވާ އަހްމަދު ސޮފްވާން ވިދާޅުވީ މައުމޫން ފޮރިން މިިނިސްޓްރީއަށް ވަޑައިގަތީ ދިވެހި ސަރުކާރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އެމިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލްމަރުހޫމާ ޢާބިދާ އަޙުމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރެއްވުމަށް ކަަމަށެވެ.
އާބިދާއަކީ ރައީސް މައުމޫން ވެރިކަމާއި ހަވާލުވަޑައިގަތް 1978 ވަނަ އަހަރު މުލީއާގޭގެ މެއިޑެއްގެ ވަޒީފާއިން ސަރުކާރުގެ ހިދުމަތަށް ނިކުންނެވި ކަނބަލެކެވެ.
1985 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ވެންނެވުމަށްފަހު ޢާބިދާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެމިނިސްޓްރީގައެވެ.
ރައީސް މައުމޫން ފޮރިން މިނިސްޓްރީއަށް ވަޑައިގެން ޚާރިޖީ ވަޒީރާއެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށްބުނެ މީސް މީޑިއާގައި ވަގުތުން ޚަބަރުތައް ފަތުރާފައި ވެއެވެ.

ރައީސް @maumoonagayoom ފޮރިން މިނިސްްޓްރީ އަށް ވަޑައިގަތީ ދިވެހި ސަރުކާރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އެމިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލްފާޟިލާ ޢާބިދާ އަޙުމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރު ލިޔުއްވުމަށް.
— Ahmed Sofwan (@asofwan2003) May 21, 2023
އާބިދާއަކީ ރައީސް މައުމޫން ވެރިކަމާއި ހަވާލުވަޑައިގަތް 1978 ވަނަ އަހަރު މުލީއާގޭގެ މެއިޑެއްގެ ވަޒީފާއިން ސަރުކާރުގެ ހިދުމަތަށް ނިކުންނެވި ކަނބަލެކެވެ.
1985 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ވެންނެވުމަށްފަހު ޢާބިދާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެމިނިސްޓްރީގައެވެ.
ރައީސް މައުމޫން ފޮރިން މިނިސްޓްރީއަށް ވަޑައިގެން ޚާރިޖީ ވަޒީރާއެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށްބުނެ މީސް މީޑިއާގައި ވަގުތުން ޚަބަރުތައް ފަތުރާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު