ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި 12 މެމްބަރަކު ޕާޓީން ވެފައިވާކަން ރައްޔިތުންެގެ މަޖިލީހަށް އަންގައިފިއެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާޢީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވާން ނިންމީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ނަމަވެސް ވަކިވި މެމްބަރުންނަށް ބަހުސްކުރަން، އެމްޑީޕީއަށް އޮންނަ ވަގުތުން ފުރުސަތު ދޭތީ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުން ވަކިވިކަމަށް މަޖިލީހުން ބަލަނީ މެމްބަރުން އަމިއްލައަށް އެކަން ހުށަހެޅުމުންކަމަށެވެ.
މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމްޑީޕީން ވަކިވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުގެ މަތިން އެ މެންބަރުން ވަކިވިކަން އަންގާފައިވާ ކަމަށެވެ.
މަޖިލީހުން ވަކިވި އެމްޑީޕީގެ މެމްބަރުން މިހާރު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު