އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ޕާޓީން ވަކިވިޔަސް އެޕާޓީގެ ކުރިއެރުމަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެމްޑީޕީ ކުރިއަށްދާނީ ވަކިބޭފުޅެއްގެ މައްޗަށް ބަރޯސާވެގެން އެކަނި ނޫން ކަމަށާއި ޕާޓީއަށް ބަދަލުތައް އަންނާނެ ކަމަށެވެ. އެގޮތުން އެމްޑީޕީއަށް އެތައް ލީޑަރުން ވަޑައިގަންނަވައި، އަދި ޕާޓީ ދޫކުރަށްވާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުންފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި އެޕާޓީ ދިވެހި ރައްޔިތުން ބަލައިގަތީ ގައުމަށް ބަދަލުތަކެއް ގެނެސްދިން ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެޕާޓީގެ ކަންކަން ނިމިގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވި މެމްބަރުންނަކީ ވަކި ބޭފުޅުންކޮޅެއްގެ ބާރުވެރިކަމުގައި ސިޔާސީ ކަންކަން އޮންނަންޖެހޭ ކަމަށް ގަބޫލުކުރަށްވާ މެމްބަރުން ކަމަށެވެ. އެގޮތަށް ގަބޫލުކުރާ މެމްބަރުން ޕާޓީން ވަކިވެ އާ ޕާޓީއެއް ހެދުމަކީ މައްސަލައެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ގޮތުގައި ތިބި މި ޕާޓީގެ ވަރުގަދަ ބޭފުޅުން ވަކިވެގެންދިޔައީމަ ވެސް އޭގެ އަސަރު ކުރާނެ، އެކަމާ ހިތާމަކުރަން އެހެން ނަމަވެސް ޕާޓީގެ ކުރިއެރުމަކަށް އެއިން ގެއްލުމެއް ލިބޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރަކު ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ. އެ މެމްބަރުން މިހާރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައި ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާކަން ވެސް އިއުލާންކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު