ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ފައިސާ ހޯދަން މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހާމަކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން މިހެން ބުނީ އެ ކުންފުނިން ކޮންޓްރެކްޓް އުސޫލުން "ޕާޓިކަލްސް" ކުންފުންޏާއި ހަވާލުކޮށްގެން ތައްޔާރު ކޮށްފައިވާ "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ގެ މަސައްކަތަށް ފައިސާ ނުދީ ހިފަހައްޓައި، އެ ކުންފުނީގެ މުވައްޒަފުން ނަހަމަ ގޮތުގައި ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ތަށް ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ އާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި، ކޮންޓްރެކްޓަރާއި މިކުންފުންޏާއި ދެމެދު ކަން ހިނގާދިޔަ ގޮތް ބަލާފައިވާކަމަށެވެ. އެގޮތުން އެ ކުންފުނިން "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެބަޔާނުގައި ބުނިގޮތުގައި އެކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިންގާފައެއް ނުވެއެެވެ.އަދި އެ ކުންފުންޏާއި "ޕާޓިކަލްސް" އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ބިލަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށް ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކި ލަސްވެފައި ނުވާކަމަށް އެބްޑަބްލިއުއެސްސީން ނެރުނު ބަޔާނުގައިވެެއެެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެކުންފުންޏާއި ގުޅޭގޮތުން ހަގީގަތާ ޚިލާފު ޚަބަރުތައް މީޑިއާގައި ފެތުރުމަކީ އެކުންފުންޏާއި މެދު އާންމުންގެ ތެރޭގައި އޮންނަ އިތުބާރު ގެއްލި ޝައްކާއި ވަހުމް އުފައްދައި އަދި ކުންފުނީގެ ނަން ކިލަނބު ވެގެންދާ ކަމެއް ކަމެއް ކަމަށެވެ.އެގޮތުން މިފަދަ ހަގީގަތާއި ޚިލާފު މިފަދަ ޚަބަރުތައް ނުފެތުރުމަށް އެކުންފުނިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު