ނ. ވެލިދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ޖޫން މަހު ފަށާނެކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު ބުނެފިއެވެ.
ނ. ވެލިދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކުރެވިފައިވަނީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.
ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އާނަންދު ބިލްޑްޓެކްގެ ފަރާތުން ވެލިދޫއަށް ގޮސް، ސައިޓް ބަލައި މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މައުލޫމާތު ވަނީ އޮޅުން ފިލުވާފައެވެ. އެކުންފުނިން ބުނާގޮތުން ކުރިއަށް އޮތް ޖޫންމަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެއެވެ.
ނ. ވެލިދޫ ހޮސްޕިޓަލް ހިމެނެނީ ކުވައިތު ފަންޑުގެ އެހީގައި އިމާރަތްކުރާ 7 ހޮސްޕިޓަލްގެ ތެރޭގައެވެ.
މި 7 ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ކުވައިތު ފަންޑުން 686,089,524.22ރ. (ހަސަތޭކަ އައްޑިހަ ހަމިލިޔަން ދުއިސައްތަ އައްޑިހަ ނުވަހާސް ފައްސަތޭކަ ސައުވީސް ރުފިޔާ ބާވީސް ލާރި) ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވެލިދޫގެ އިތުރުން ދެން ހޮސްޕިޓަލް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ، އދ. މާމިގިލީ، ވ. ފެލިދޫ، ތ. ވިލުފުށީގެ އިތުރުން ށ. މިލަންދޫ، ނ. ވެލިދޫ އަދި ކ. ތުލުސްދޫގައެވެ.
މި ހޮސްޕިޓަލް ތަކަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލް ތަކެވެ.
ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯ ވޯޓުގެ ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މކ ހޮސްޕިޓާތައް ފަރުމާކޮށްފައި ވަނީ ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އަޅާގޮތަށެވެ.، ހަމަ މިއާއެކު ކައިރި ރައްރަށަށް ބޭނުންވާ އޮކްސިޖަން ފުޅިސަޕްލައި ކުރުމައްޓަކައި މިހޮސްޕިޓާތަކުގައި އޮކްސިޖަން ޕްލާންޓްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންޓްރެކްޓުގެ ދަށުން 540 ދުވަހުގެ ތެރޭގައި މި ހުރިހާ ހޮސްޕިޓަލެއް ނިންމަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު