ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ މެމްބަރުން އިތުރުކޮށް، ޕާޓީ ވަރުގަދަކުރުމުގެ މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތަކެއް ފަށައިފިއެވެ.

ޕާޓީ ވަރުގަދަކުރުމުގެ ގޮތުން ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށަކަށް ފަށާފައިވާ "ރާއްޖެ ދަތުރު" ކެމްޕެއިންގެ ތެރެއިންނެވެ.

މި ދަތުރުގައި ބައިވެރިވާ އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މި ހަރަކާތުގެ ދަށުން މިއަދު ކުރިއަށްގެންދިޔަ ސޮއިކުރުމުގެ ހަރަކާތުގެ ތެރެއިންވެސް ގިނަ ބަޔަކު އެމްޑީޕީއަށް ވަނުމަށް ފޯމްފުރިކަމަށެވެ. އަދި މި ހަރަކާތްވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްގެންދިޔަކަމަށް އޮފިޝަލް ވިދާޅުވިއެޕވެ.

އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށަކަށް ފަށާފައިވާ ރާއްޖެ ދަތުރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ކުރާ ދަތުރުތަކެކެވެ.



މި ދަތުރުގެ ތެރެއިން އިއްޔެ ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައި، ކެމްޕެއިން ޓީމްތަކުގެ މަސައްކަތް ފަށާފައެވެ. އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތްތަކުގެ ތެރޭގައި ޑޯޓުޑޯއަށް ގޭގެއަށް ޒިޔާރަތްކުރުމާއި ކެމްޕެއިން ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.

އެމްޑީޕީގެ ލީޑަރޝިޕުން ބުުނާގޮތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ޔަގީންކަން އެޕާޓީއަށް އެބައޮތެވެ. އަދި ރައީސް ސާލިހު ގެނެސްދެއްވާފައިވާ ތަރައްގީއާއި ކުރިއެރުން ރައްޔިތުން ބަލައިގަންނަކަމަށް ވެސް އެބޭފުޅުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު