އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މާކޯޅިގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

‏ރޭ ދަންވަރު ގަޑިއެއްގައި ސ. ހިތަދޫ މާކޯޅިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑެތި ގެއްލުންތަކެއް އެ ގެއަށް ވަނީ ލިބިފައެވެ.



މިހާދިސާއާއި ގުޅިގެން އެގޭގައި ދިރިއުޅޭ ފަރާތްތައް ވަނީ ވަގުތީ ބޯހިޔާވައްސަކަށް ބަދަލު ކުރެވިފައިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އަދި މިހާދިސާގައި ހާލު ދެރަވި ފަރާތްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށާއި، އަދި އެމީހުންގެ ހާލު ދަނީ ރަނގަޅުވަމުންކަމަށްވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ގެއަށާއި މުދަލަށް ލިބުނު ގެއްލުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެން.ޑީ.އެމް.އޭއާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު