ރާއްޖޭގެ ޖަލުތަކަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކޮށް، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މިދިޔަ 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9 ވަނަ ބެޗްގެ އޮފިސަރުން ދަސްވެނިވުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ކުށްކުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ނަމަވެސް އެކަމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.
ދަސްވެނިވި އޮފިސަރުންނާއި މުހާތަބް ކުރައްވާ މިނިސްޓަރ ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ މީހުންގެ އަދަދު މަދު ކުރުމަށް ތެދުވެރިކަމާއި، ސާބިތުކަމާއެކު މަސައްކަތް ކުރަންޖެހޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ކުށުގެ ވެއްޓަށް ހުށައެޅިގެން ޖަލަށް ގެނެވޭ މީހުން ރަނގަޅު ގޮތުގައި އަނބުރާ މުޖުތަމަޢަށް ނުކުތުމުގައި އެ އޮފިސަރުންގެ ދައުރު ވަރަށް ބޮޑުކަމަށެވެ.
މީހުން ބިނާކުރުމުގެ އިތުރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ވޭތުވެދިޔަ 4 އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް މިނިސްްޓަރ ފާހަގަކުރެއްވިއެެވެ. އަދި މި ވެރިކަމުގައި ޖަލަށް 232 ޖާގަ އިތުރުކޮށްފައިވާކަމަށާއި، އަދި އިތުރު 180 ޖާގަ ހެދުމުގެ މަސައްކަތްވެސް ކުރިއަރަމުންދާކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި 51 އޮފިސަރުން ވަނީ ތަމްރީންކޮށްފައެވެ. މީގެތެރެއިން 47 ދަރިވަރުންވަނީ ހައި ޑިސްޓިންކްޝަނާއެކު ފާސްވެފައެވެ.

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ pic.twitter.com/fjjUW0fRtf
— Maldives Correctional Service (@CorrectionsMv) May 19, 2023
މީހުން ބިނާކުރުމުގެ އިތުރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ވޭތުވެދިޔަ 4 އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް މިނިސްްޓަރ ފާހަގަކުރެއްވިއެެވެ. އަދި މި ވެރިކަމުގައި ޖަލަށް 232 ޖާގަ އިތުރުކޮށްފައިވާކަމަށާއި، އަދި އިތުރު 180 ޖާގަ ހެދުމުގެ މަސައްކަތްވެސް ކުރިއަރަމުންދާކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި 51 އޮފިސަރުން ވަނީ ތަމްރީންކޮށްފައެވެ. މީގެތެރެއިން 47 ދަރިވަރުންވަނީ ހައި ޑިސްޓިންކްޝަނާއެކު ފާސްވެފައެވެ.
ކިޔުންތެރިންގެ ހިޔާލު