ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު އިތުރު ވަނީ އައްޑޫ ސިޓީ ތަރައްޤީކުރައްވާނެކަން ޔަގީންވާތީކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެގޮތުން އައްޑޫ ސިޓީގައިވެސް ކެމްޕެއިން ހަރަކާތްތައް ދަނީ ކުރިއަށެވެ.

ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނައުމަށް ރައްޔިތުން ބޭނުންވާކަމަށެވެ.



ޝަރީފް ވިދާޅުވީ މިހާރު ކުރިޔަށްދާ މަޝްރޫއުތަކުގެ އިތުރުން އުފެއްދުންތެރި އުމްރާނީ ތަރައްގީއަށް 3 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރާނެކަމަށެެވެ. އަދި އެކަން ކުރައްވާނެ ލީޑަރަކީ ރައީސް ސާލިހުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް ކުރައްވާ މަސައްކަތަކީ ރައީސް ސާލިހަށް އޮތް ތާއިދު އިތުރުވަމުންދާ ސަބަބެއްކަމަށެވެ.

އައްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަންނަމަހު އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އަދި އެ ސިޓީގެ މަގު ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެއިތުރުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އެ ސިޓީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު