މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ އެއްވެސް ރަށެއް ތަފާތު ނުކޮށް ރަށްރަށުގެ ރައްޔިތުންނަށް ހިދުމަތްތައް ފަހިވެ ލިބުނު ލުއި ފަސޭހަކަމާއި ހަމަޖެހުން ގެނެސްދިނުން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީގެ ދިދަ ހުރިހާ ރަށެއްގައި އެއްފަހަރާ ވިހުރުވާލެވިފައިވާ ކަމަށެވެ. އެ ޕާޓީގެ ރަން ރީނދޫކުލައިން ރާއްޖޭގެ ރަށްތައް ޖަރީކޮށްލީ އާއްމު މެމްބަރުން އެއް އަޒުމެއްގައި ކުރިއަށް ގޮސް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ކާމިޔާބުކުރުމަށް ކަމަށް އަނަސް ވިދާޅުވިއެވެ.
މީގެ އިތުރުން އަނަސް ވިދާޅުވީ މުޅި ރާއްޖޭގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މާލެއިން ދިޔަ ޓީމުތަކާއި ރަށްރަށުގައި ތިބި މެންބަރުންނާއެކު ބައްދަލުވުންތައް ބާއްވައި އެމްޑީޕީގެ 2 ވަނަ ދައުރެއްގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ ކެމްޕޭންގެ ތެރެއިން ދޮރުން ދޮރަށް ހިނގައި، ޕާޓީގެ އާއްމު މެމްބަރުންގެ ހިޔާލު ހޯދާފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފަށަން ތައްޔާރުވުމުގެ ގޮތުން ހުރިހާ ރަށްތަކެއްގައި ޕާޓީގެ ދިދަ ވިހުރުވާލާފައިވާ ކަމަށެވެ. މި ސަރުކާރުން ފެށި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާއާއި މަގުހެދުމާއި ތަރައްގީގެ އެހެން ޕްރޮޖެކްޓްތައް ނިމި ރަށްރަށުން މިހާރު ފެންނަނީ އުޖާލާ ކުރިމަގެއް ކަމަށް އަނަސް ވިދާޅުވިއެވެ.
"މި ދަތުރުން ހޯދާ މައުލޫމާތުން މެނިފެސްޓޯ އެކުލަވާލައި އެމްޑީޕީ ގަދަކޮށް އިންތިހާބަށް ނުކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވާނެ." އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި އަނަސް ވިދާޅުވިއެވެ.

އެމްޑީޕީގެ ދިދަ ހުރިހާ ރަށެއްގައި އެއްފަހަރާ ވިހުރުވާލެވިއްޖެ.
— Anas Abdul Sattar (@anasabdulsattar) May 19, 2023
މި ޕާޓީގެ ރަން ރީނދޫކުލައިން ރަށްތައް މި ޖަރީކޮށްލީ އާއްމު މެމްބަރުން އެއް އަޒުމެއްގައި ކުރިއަށް ގޮސް ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ކާމިޔާބުކުރަން. pic.twitter.com/LTQFXgztoL
މީގެ އިތުރުން އަނަސް ވިދާޅުވީ މުޅި ރާއްޖޭގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މާލެއިން ދިޔަ ޓީމުތަކާއި ރަށްރަށުގައި ތިބި މެންބަރުންނާއެކު ބައްދަލުވުންތައް ބާއްވައި އެމްޑީޕީގެ 2 ވަނަ ދައުރެއްގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ ކެމްޕޭންގެ ތެރެއިން ދޮރުން ދޮރަށް ހިނގައި، ޕާޓީގެ އާއްމު މެމްބަރުންގެ ހިޔާލު ހޯދާފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފަށަން ތައްޔާރުވުމުގެ ގޮތުން ހުރިހާ ރަށްތަކެއްގައި ޕާޓީގެ ދިދަ ވިހުރުވާލާފައިވާ ކަމަށެވެ. މި ސަރުކާރުން ފެށި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާއާއި މަގުހެދުމާއި ތަރައްގީގެ އެހެން ޕްރޮޖެކްޓްތައް ނިމި ރަށްރަށުން މިހާރު ފެންނަނީ އުޖާލާ ކުރިމަގެއް ކަމަށް އަނަސް ވިދާޅުވިއެވެ.
"މި ދަތުރުން ހޯދާ މައުލޫމާތުން މެނިފެސްޓޯ އެކުލަވާލައި އެމްޑީޕީ ގަދަކޮށް އިންތިހާބަށް ނުކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވާނެ." އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި އަނަސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު