އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓްގެ ހިދުމަތް ކެނޑިއްޖެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނީ މިރޭ 8:15 ހާއިރުއެވެ. ނަމަވެސް ކަރަންޓް ކެނޑެން ދިމާވި ސަބަބެއް ނޭނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް މިހާރު ދަނީ ކަރަންޓް ދެމުންނެވެ.

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ކަރަންޓް ކެނޑެން މެދުވެރިވީ އިންޖީނަށް ދިމާވި މައްސަލައަކުން ނޫންކަމަށެވެ. އަދި މައްސަލަ ދިމާވީ ސާކިޓަކަށްކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު