ޝަރީއަތުން ކުރާ ޝަރުތުތަކާއި ޚިލާފުވާ މީހަކު ފުލުހުންނަށް ހައްޔަރުކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެެ.
ކްރިމިނަލް ކޯޓުން އެގޮތަށް ކަނޑައެޅީ، އިދިކޮޅު ޕީޕިއެމްގެ މުޒާހަރާއިން ހައްޔަރުކުރި މީހަކު ކޯޓުގެ ޝަރުތާއި ޚިލާފުވި ކަމަށް ބުނެ ފުލުހުން އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރުގައެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހ. ފިނިފެން /ކ.މާލެ މަރިޔަމް ސައީދާއެވެ.
މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު މުޒާހަރާއިން މަރިޔަމް ސައީދާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭޕްެރީލް 14 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަށް އޭނާ ރޭގަނޑު 20:00 އިން 06:00 ބޭރަށް ނިކުމެ އުޅުން މަނާކޮށް ޝަރުތުކޮށް ބަންދުން ދޫކޮށްލާފައެވެ.
ފުލުހުން މަރިޔަމް ސައީދާ ހައްޔަރުކޮށްފައިވަނީ ކޯޓުން ކުރި ޝަރުތާއި ޚިލާފަށް މަނާގަޑީގައި ބޭރުގައި އުޅުނު ކަމަށްބުނެ ރޭ 23:48 ހާއިރު، ބޮޑު ތަކުރުފާނުމަގު އާރުޑީސީ ކުރިމަތިންނެވެ.
މިމައްސަލައިގައި ފުލުހުންގެ ފަރާތުން ކޯޓުގައި ބުނީ ކޯޓު ޝަރުތާއި ޚިލާފުވެގެން މީހަކު ހައްޔަރުކުރާއިރު ކޯޓު އަމުރެއް ބޭނުންނުވާ ކަމަށެވެ. ފުލުހުން ވަނީ އޭނާ ކޯޓު ޝަރުތާއި ހިލާފުވެފައިވާތީ 10 ދުވަހަށް ބަންދު ކޮށްދިނުމަށް އެދިފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުުރުގައި ބުނެފައިވަނީ މަރިޔަމް ސައީދާ ހައްޔަރުކޮށްފައިވަނީ ކޯޓުން ކޮށްފައިވާ ޝަރުތާއި ޚިލާފަށް ބޭރުގައި އުޅެފައިވާތީކަން އެނގެން އޮތް ނަމަވެސް އެފަދަ ހާލަތެއް ވުޖޫދުވެގެންދާއިރު އޭނާ އަލުން ހައްޔަރުކުރުމަށް ކޯޓު އަމުރެއް އޮންނަންޖެހޭ ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށެވެ.
މިމައްސަލައިގައި އެފަދަ އަމުރެއް ހޯދުމުގެ ފުރުސަތު ފުލުހުންނަށް އޮތްކަމަށް އަމުރުގައި ބުނެފައިވެއެވެ. މީގެ އިތުރުން ބަންދުން ދޫކޮށްލާ ހާލަތުގައި ކޯޓުން ޝަރުތުކޮށްފައިވާނަމަ އަދި އެ ޝަރުތާއި ޚިލާފުވެފައިވާ ކަމަށް ފުލުހުންނަށް ފާހަގަކުރެވޭނަމަ ކޯޓަށް ހުށައަޅައިގެން ޝަރުތު މުރާޖައާ ކުރުމުގެ ފުރުސަތަކީ ވެސް އޮތް ފުރުސަތެއް ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ. އަމުރުގައި ބުނީ މަރިޔަމް ސައީދާ ހައްޔަރުކޮށްފައިވަނީ ބޭސް ފަރުވާގެ ކަމެއްގައި ބޭރަށް ނިކުމެ އުޅެނިކޮށް ކަމަށް އޭނާގެ ދިފާއީ ވަކީލު ފާހަގަކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރިއިރު އަތުގައި ބޭސް ސިޓީއާއި ބޭސް ހުންނާނެ ކަމަށް ވަކީލު ބުނާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
"ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ ފަހަރަކު އެމީހެެއްގެ މިނިވަންކަން ހިފެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމަކީ އެ ނޫންގޮތެއް ނެތް ހާލަތުގައި އެޅޭ އިސްތިސްނާއީ އަދި ނިހާއީ ފިޔަވަަޅަކަށް ވާންވާނެ ކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ގަޝިއްޔާގައި ބަޔާންކޮށްފައިވާތީ 2023 މެއި 18 ވަނަ ދުވަހު މަރިޔަމް ސައީދާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަކަށް ކަމަށް ބެލެވޭކަން ނެތެވެ." ކޯޓް އަމުރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު