ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައި، ޕާޓީ ވަރުގަދަ ކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.
އެމްޑީޕީން ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ހަރަކާތެއް ބާއްވާފައި މިވަނީ އެޕާޓީން ރާއްޖޭވެ ހުރިހާ ރަށަކަށް ކުރާ ރިޔާސީ ކކެމްޕެއިނަށް މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ދަތުރުތަކުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖައްސާލައި އެމްޑީޕީއިން މުޅި ރާއްޖެއަށް މިކުރާ "ރާއްޖެ ދަތުރު"ގައި ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާފައިވާކަމަށެވެ.
ފައްޔާޒު ވިދާޅުވީ ދިދަ ނެގުމުގެ ހަރަކާތާއެކު ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެކަމަށެވެ.
"އިރާދަކުރެއްވިއްޔާ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނަން." ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ރިޔާސީ 2 ދައުރު ކާމިޔާބުކުރުމަށް އެމްޑީޕީ ފަށާ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ކުރާ ދަތުރުތަކެއް ފަށާފައިވާކަމަށެވެ.
އިއްޔެ ފެށި ދަތުރުތަކުގެ ތެރެއިން އެމްޑީޕީގެ މެމްބަރުން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގައިވެސް ހަރަކާތްތެރި ވަމުންނެވެ.
އެމްޑީޕީގެ ދަތުރުތަކުގައި މަޖިލިސް މެމްބަރުންނާއި ދާއިރާ ރައީސުންނާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް
— Fayyaz Ismail (@faya_i) May 19, 2023
އެމްޑީޕީއިން މުޅި ރާއްޖެއަށް މިކުރާ #RaajjeDhathuru ގައި ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެ.އިރާދަކުރެއްވިއްޔާ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނަން@MDPSecretariat pic.twitter.com/RelxQcBZZx
އެމްޑީޕީން ބުނީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ރިޔާސީ 2 ދައުރު ކާމިޔާބުކުރުމަށް އެމްޑީޕީ ފަށާ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ކުރާ ދަތުރުތަކެއް ފަށާފައިވާކަމަށެވެ.
އިއްޔެ ފެށި ދަތުރުތަކުގެ ތެރެއިން އެމްޑީޕީގެ މެމްބަރުން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގައިވެސް ހަރަކާތްތެރި ވަމުންނެވެ.
އެމްޑީޕީގެ ދަތުރުތަކުގައި މަޖިލިސް މެމްބަރުންނާއި ދާއިރާ ރައީސުންނާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
ކިޔުންތެރިންގެ ހިޔާލު