ކުރީގެ ސަރުކާރުން އެކި ފަރާތްތަކާއެކު ގާއިމްކޮށްފައިވާ އެއްބަސްވުންތައް އުވާލުމާއި ގުޅިގެން ދޭންޖެހޭ ބަދަލު ދިނުމުގައި ވަކި މީހަކަށް އިސްކަމެއް ނުދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ ސަރުކާރުން އެކި މައްސަލަތަކުގައި ބަދަލު ދިނުމުގައި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކާއި އެހެން ފަރާތްތަކާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިއުވާން ވިދާޅުވީ ކުރީ ސަރުކާރުން ޤާނޫނާ ހިލާފަށް ބާތިލްކޮށްފައިވާ އެއްބަސްވުންތަކާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމަކީ މިސަރުކާރުން ގަބޫލުކުރާ އުސޫލެއް ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން މިހާތަނަށް އައިރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ ކުރީ ސަރުކާރުން ބާތިލްކޮށްފައިވާ އެއްބަސްވުންތަކާއި ގުޅިގެން ބަދަލު ދިނުމަށް ހާއްސަ ކޮމިޓީއެއް އުފައްދައިގެން އެ މަސައްކަތް ފަށާފައެވެ.
މިއުވާން ވިދާޅުވީ ސަރުކާރުން އެކުލަވާލެއްވި ކޮމެޓީން މިހާތަނަށްވެސް މަސައްކަތްކުރެއްވީ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށެވެ. އަދި ވަކި މައްސަލައަކަށް އިސްކަން ދެއްވުުމުގެ ބަދަލުގައި ޤާނޫނީ އިމުންބޭރުން ނާއިންސާފުން ޢަމަލުކޮށްފައިވާ ފަރާތްތަކަށް ހައްގު ބަދަލު ހޯއްދަވައިދެއްވުމަށް ކޮމިޓީން މަސައްކަތް ކުރެއްވިކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ އެކޮމިޓީގެ މަސައްކަތުގައި ތަފާތުކުރުންތަކެއް ނުވަތަ ވަކި ބޭފުޅަކަށް ވީތީ އިސްކަމެއް ނުދެއްވާކަމަށެވެ.
"އަދުލުވެރިކަމާއި އިންސާފުވެރިކަމާއި އެއްކޮށް އެމަސައްކަތްތައް ކުރިއަށްދާނީ. އެއިން އެއްވެސް ކަމެއްގައި އެއްވެސް ގޯހެއް ހިންގާފައިވާނަމަ، ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް އެކަމެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ." މިއުވާން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ޤާނޫނާއި ހިލާފަށް ބާތިލްކޮށްފައިވާ އެއްބަސްވުންތަކާއި ގުޅިގެން ބަދަލުގެ ގޮތުގައި ބިލިއަނުން ދޭންޖެހިފައިވެސް އެބަހުއްޓެވެ. އެފަދަ ބައެއް މައްސަލަތައް ކޯޓުން ބޭރުގައިވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު