ރާއްޖެއާއި އިންޑިއާގެ ޗާޓަރޑް އެކައުންޓަންޓުންނާއި ގުޅޭ ދެ މުއައްސަސާއިން އެމްއޯޔޫއެއްގައި ސޮއިކުރަން އިންޑިއާގެ ކެބިނެޓުން ރުހުން ދީފިއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސް (ސީއޭ) އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް އިންޑިއާ (އައިސީއޭ)އިން އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރުހުން ދެއްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓް ބައްދަލުވުމެއްގައެވެ.
މި އެމްއޯޔޫގެ ބޭނުމަކީ އެކައުންޓިންގެ އިލްމު ކުރިއަރުވައި، ދެ ފަރާތުން އެއްބާރުލުންދީ، ދެ ގައުމުގެ އެކައުންޓިންގ ދާއިރާ ކުރިއެރުވުމެވެ.
އެމްއޯޔޫގެ ސަބަބުން އިންޑިއާގެ އެކައުންޓަންޓުންނަށް ރާއްޖޭގައި މަސައްކަތްކުރުމަށް ފުރުސަތު ދޭނެދޭނެއެވެ. އަދި ކަމާއިބެހޭ ސިޔާސަތުތަކާއި ނިންމުންތައް ނިންމުމުގައި އެ މީހުންގެ ލަފަޔާއި މަޝްވަރާދީ ތަޖުރިބާވެސް ހިއްސާކުރާނެއެވެ.
މި ކަންކަމުގެ އިތުރުންވެސް ދެ ފަރާތުން ގުޅިގެން އެކި މަސައްކަތްތަކުގައި އެއްބާރުލުންދި، މީހުން ބިނާކުރުމަށްވެސް އެމްއޯޔޫގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް އިންޑިއާ (އައިސީއޭ)އަކީ 1949 ވަނަ އަހަރު ގާނޫނެއްގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ރާއްޖޭގެ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސްއަކީ 2020 ވަނަ އަހަރު އެކަމަށްޓަކައި ހެދި ގާނޫނެއްގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.
އައިސީއޭ އަދި ސީއޭއިން ދަނީ މިހާރުވެސް ގުޅިގެން މަސައްކަތްތަކެއްް ކުރަމުންނެވެ.
"އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ޤާނޫނީ ޝަޚްޞެއް އުފެޢްދީ އެކައުންޓެންސީ ދާއިރާއާއި ގުޅޭ ކަންކަން ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށެވެ. މީގެ އިތުރުން، އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި، އެކި ގިންތީގެ މެންބަރުންގެ ޝަރުޠުތަކާއި، އެ މެންބަރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ހަމަތަކާއި، އެ ނޫންވެސް ކަންކަމާއި ގުޅޭ އުސޫލުތައް ވެސް ވަނީ ގާނޫނުގައި ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު